ދިރާގު ކަސްޓަމަރުންނަށް ފޯނަށް ގުޅުމުގައި ދަތިތަކަކާ ކުރިމަތިވެއްޖެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ބައެއް ކަސްޓަމަރުންގެ ފޯނަށް ގުޅުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެކަން ބަލަމުންދާ ކަމަށެވެ.
އެ ކުންފުނިން ވަނީ މިހާރު ކަސްޓަމަރުން ތަޖުރިބާ ކުރަމުންދާ ދަތިތައް ހައްލުކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް މޮބައިލް އޮޕަރޭޓަރު ކަމަށްވާ ދިރާގަކީ ރާއްޖޭގެ މުޅި އާބާދީއަށް ފޯނުގެ އިތުރުން އިންޓަނެޓުގެ ހިދުމަތްވެސް ދެމުން ގެންދާ ކުންފުންޏެވެ.