މޯލްޑިވްސް ޕޮލިސް ސާވިސް

ސެކިއުރިޓީ އޮފިސަރަކަށް ހަމަލާދީފި

Feb 14, 2022
1

ސެކިއުރިޓީ އޮފިސަރަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހުޅުމާލެގެ ދެވަނަ އަވަށުގައި ސެކިއުރިޓީ އޮފިސަރަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 1:35 އެހާކަންހާއިރު އެވެ.

އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށެވެ. ހަމަލާ ދީފައިވަނީ އޭނާގެ އަތަށެވެ. އަތުން ބޮޑު ތަނެއް ކަނޑައިގެންގޮސްފައިވެއެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރައްވާ ކަަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެކިއުރިޓީ އޮފިސަރަށް ހަމަލާ ދިން ސަބަބެއް ސާފުވެފައެއް ނުވެއެވެ.