ޑާކް ރެއިން

"ބީވީމާ" ގެ ޓީޒާ ދައްކާލައިފި

މަރިޔަމް އަޝްފާ: އޭނާގެ ފުރަތަމަ ފިލްމަކީ "ބީވީމާ"
0%
0%
0%

ޑާކްރެއިން އެންޓަޓޭންމެންޓްސްގެ ފިލްމް "ބީވީމާ" ގެ ފުރަތަމަ ޓީޒާ މިއަދު އާންމުކޮށްފި އެވެ.

އަހްމަދް ޒަރީރް ލިޔެ ޑައިރެކްޓް ކޮށްފައިވާ އޭނާގެ ފުރަތަމަ ފިލްމްް "ބީވީމާ" ޓީޒާ ދައްކާލިއިރު ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ނިންމާފަ އެވެ. ޕްރޮޑިއުސަރު މުހަންމަދު އަލީ (މޮގާ) ބުނި ގޮތުގައި މި ފިލްމަކީ ފިލްމީ ދާއިރާއަށް އާ ތަރިންތަކެއް ތައާރަފުވާ ވެގެންދާނެ ފިލްމެކެވެ. އަދި ލޯބީގެ މި ފިލްމަކީ މީހުން ގަޔާވާ ވަދަ ފިލްމަކަށް ވާނެ އެވެ.

"ބީވީމާ އަކީ މިހާތަނަށް އަޅުގަނޑުމެން އުފެއްދާ އެންމެ ތަފާތު އެއް ފިލްމު، އެއީ އަޅުގަނޑުމެން ފަހަކަށް އައިސް އުފައަދާ ފިލްމު ތަކާ ސީރީޒްތަކާއި ހާސް ބައި ތަފާތު ވަރަށް އިމޯޝަނަލް އަދި މިސްޓީރިއަސް ފިލްމެއް މީ، ހަމަ ގައިމު ވެސް މި ފިލްމު ވެގެން ދާނީ ރާއްޖޭގައި މިހާތަނަށް އަޅުވާ އެންމެ ރީތި އެއްފިލްމަށް." މޮގާ ބުންޏެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ އަޝްފާ ފިލްމީ ދާއިރާއަށް ތައާރަފު ކުރާ ފިލްމަކީ ވެސް މިއީ އެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ އަޝްފާ: އަޝްފާގެ ފުރަތަމަ ފިލްމަކީ "ބީވީމާ"

"ބީވީމާ" ގެ ފުރަތަމަ ޓީޒާ ފެށިގެން އަންނަނީ "ފޮގޮޓް މީ ނޮޓް ރާނިޔާ" މިހެން ޔުނީފޯމެއްގައި ލިޔަނިކޮށެވެ. "ބީވީމާ" ގައި ދެ ދުވަސްވަރެއްގެ މަންޒަރުތައް ގެނެސްދޭނެ އެވެ. ޓީޒާ އިން ވަރަށް ރީތިކޮށް އެ މަންޒަރުތައް ކުރުކޮށް ސިފަކޮށްދީފައިވެއެވެ.

ވަރަށް ހިތްގައިމު މިއުޒިކެއް ހިމެނޭ މި ޓީޒާގައި ފިލްމުގެ ލީޑް ތަރިން ކަމަށްވާ ކޮޕީ އިއްސެ އާއި އަޝްފާގެ ސުކޫލު ދައުރުގެ ބައިތައް ކުޅެފައިވަނީ އައިމިނަތު ރަޝްފާ (އާޝާ) އާއި އާދަމް ޒިދާން (ނާނަ) އެވެ.

އޭގެ ފަހުން އިއްސެ އާއި އަޝްފާގެ ބައެއް މަންޒަރުތައްވެސް ފެނެއެވެ. ޓީޒާއާއެކު ވެސް ފިލްމަށް އިތުރު ޝައުގުވެރިކަމެއް އުފައްދައެވެ. ޓީޒާ ވަރަށް ހިތްގައިމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345