ފިނިޕޭޖް

"ނީނާ" ފިލްމުގެ ޓިކެޓް ވިއްކަން ފަށައިފި

ނީނާގެ ލީޑް އެކްޓްރެސް
0%
0%
0%

އޮލިމްޕަހުގައި އަންނަ މަހު އަޅުވަން ހަމަޖެހިފައިވާ "ނީނާ" ފިލްމުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މިވަގުތު އޮލިމްޕަހުގައި ޓިކެޓް ވިއްކަނީ ތިން ޝޯއަށެވެ. ޓިކެޓެއްގެ އަގަކީ 150 ރުފިޔާ އެވެ.

މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ބެލުންތެރިންނަން ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ.

މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ "ބަވަތި"ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މި ފިލްމުގެ ލީޑް އެކްޓަރަކީ ޝަރަފް އެވެ.

ނީނާ އަކީ ހިތްވަރުގަދަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. އެއީ ރުޅިގަދަ އެހެންނަމަވެސް އިންސާފަށް ލޯބިކުރާ މީހެއްގެ ބައި ފެނިގެންދާ ފިލްމެކެވެ.

ނީނާ އަކީ މި އަހަރު އޮލިމްޕަހަށް ގެންނަ ފަސްވަނަ ފިލްމެވެ. ނީނާ މިލްމުގެ ޓިކެޓް އޮލިމްޕަހުގެ ކައުންޓަރުން ގަންނަން ލިބުމުގެ އިތުރުން ހޮޓްލައިން ނަންބަރު 7242555 އަށް ގުޅައިގެން ނޯޓްވެސް ކުރެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910