ދިވެހި ސިނަމާ

"ރޯލީމޭ" ގެ ޓްރެއިލާ ދައްކާލައިފި

ރޯލީމޭ ސީރީޒްގެ ޕޯސްޓަރެއް
0%
0%
0%

ޑާކް ރެއިން އެންޓަޓެއިންމަންޓާއި މީޑިއާނެޓް ގުޅިގެން ގެނެސްދޭ ވެބް ސީރީޒް "ރޯލީމޭ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މީޑިއާނެޓްގެ އެމްއެސް ވީޑިއޯކްލަބްގައި މި ސީރީޒް ޕްރިމިއާ ކުރާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. މިއީ ޖުމްލަ 15 އެޕިސޯޑް ހިމެނޭ ސީރީޒް އެކެވެ.

މި ސީރީޒްއަކީ ޑާކްރެއިން އެންޓަޓެއިންމަންޓް އިން މިއަހަރު ގެނެސްދިން ހޮރޯ-ކޮމެޑީ ފިލްމް "ބިބީ" ލިޔެ ޑައިރެކްޓްކުރި ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އުފައްދާފައިވާ ސީރީޒްއެކެވެ.

މި ސީރީޒް ޑައިރެކްޓްކުރަނީ ކާމިޔާބު ފިލްމްތަކެއް ގެނެސްދީފައިވާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ޝަރަފު އަަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުއައިބް (ނުޒޫ)، މޫސާ އަލީފް، ރޯނު ހަސަން މަނިކު، އައިމިނަތު ނުހާ އަދި ޝީލާ ނަޖީބު ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910