ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނަންބަރު 600 އަށް ދަށްވެއްޖެ

ކޮވިޑް ސާމްޕަލް ނެގުން: ޕޮޒިޓިވް ނަންބަރު ދަނީ ދަށްވަމުން --
0%
0%
0%

ރާއްޖެއިން އިތުރު 607 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 163،581 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި މިދިޔަ ސައުވީސް ގަޑިއިރު ބައްޔަށް ޕޮޒިޓިވްވީ 607 މީހެކެވެ. މީގެ ކުރީން އަތޮޅުތަކާއި މާލެ ސަރަހައްދު އަދި ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ ތަފްސީލް ދިން ނަމަވެސް މިރޭ އެ މައުލޫމާތު އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއ3ެވެ.

ޓެސްޓްކޮށްފައިވަނީ 2،823 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،368 މީހުންނެވެ. މިހާތަނަށް 147،910 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 28 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 290 އަށް އަރާފައެވެ. ކޮވިޑް ބަލީގައި އެންމެ ފަހުން މީހަކު މަރުވީ ގދ. ތިނަދޫ އިންނެވެ. އެއީ އުމުރުން 92 އަހަރުގެ ދިވެހި އަންހެނެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910