ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 90 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ދޮށީ އުމުރުގެ މީހަކު އެ ބަލީގައި މަރުވެއްޖެ އެވެ.

ކޮވިޑްގެ ކަންކަން މެނޭޖްކުރުމުގެ މެންޑޭޓް އޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ މިއަދު މަރުވެފައިވަނީ އުމުރުން 90 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ.

އޭނާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވެ އޭއީއެޗް އައިސޮލޭޝަންގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ ރާއްޖޭގެ 291 ވަނަ ކޮވިޑް މަރެވެ. ކޮވިޑް ބަލީގައި މިދިޔަ ދެ މަހެއްހާ ދުވަހަކީ ހާލަތު ވަރަށް ގޯސް ދުވަސްތަކެކެވެ. ބަލީގައި ގިނަ ބަޔަކު މަރުވިއިރު ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވިއެވެ.