ހަބަރު

"ދެރިޔާ"ގެ ސަޕޯޓިން ތަރި، ހައްވާ ރިޔާޒާ މަރުވެއްޖެ

Dec 22, 2015

ރަހިމްގެ ކެންސަރު ބައްޔަށް ލަންކާގެ އާސިރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މަޝްހޫރު ފިލްމް "ދެރިޔާ" ގެއެއް ބަތަލާ ހައްވާ ރިޔާޒާ މަރުވެއްޖެ އެވެ.

ހައްވަ މަރުވީ ރޭގެ ވަގުތެއްގައި އާސިރީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވަ އެވެ. އުމުރުން 42 އަހަރުގައި ރަހިމުގެ ކެންސަރު ޖެހުމުގެ ސަބަބުން އޭނާ ވަނީ ދިގު މުއްދަތަކަށް ބައްޔަށް ފަރުވާ ހޯދާފައެވެ. އަދި އެކަމަށްޓަކައި ފަހުން ލަންކާއަށް ދިރިއުޅުން ވެސް ބަދަލުކުރި އެވެ.

ދިވެހިންނަށް ހައްވަ މަޝްހޫރުވެގެން ސްކޫލް ލަވަ މުބަރާތްތަކުގަ އެވެ . އޭ ފަހުން 1994 ވަނަ އަހަރު ނުކުތް "ދެރިޔާ" ފިލްމުގައި އޭނާ އަދާ ކުރި ރޯލުންނެވެ. އެ ފިލްމުގައި އޭނާ އަދާކޮށްފައިވަނީ މަޑުމައިތިރި ރަހުމަތްތެރިއެއްގެ ރޯލެވެ.

ލަވަކިޔުމުގެ ދާއިރާގައި ސްކޫލް ދައުރުއްސުރެ ރަންވަނަތަކެއް ހާސިލްކުރި ހައްވަ ވަނީ، ރާއްޖޭގެ ފިލްމީ ދާއިރާއަށްވެސް ރީތި ލަވަތަކެއް ހަދިޔާކޮށްފަ އެވެ. މުނިފޫހި ފިލުވުމުގެ ދާއިރާ ދޫކުރުމަށްފަހު ހައްވަ ވަނީ މާލޭގެ ބައެއް ސްކޫލްތަކުގައި ޓީޒަރެއްގެ ވަޒީފާ ވެސް އަދާކޮށްފަ އެވެ.