ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެއްވުންތައް ބޭއްވުމުގެ ހުއްދަ ދީފި

މާލޭގައި މީހުން އެއްވެ އުޅުމާއި ހަފްލާތަކާއި އިންވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭ އިން ދެންމެ ވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް އެކަން އިއުލާނުކޮށްފައެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވާން މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެޅި ފިޔަވަޅުތަކަށް ބަދަލު ގެނެސް އެޗްޕީއޭ އިން ބުނީ މާލޭގައި މީހުން އެއްވެ އުޅުމާއި ހަފްލާތަކާއި އިންވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލާފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތާވެސް އެއްވުންތަކާއި ހަފްލާތައް ބާއްވަން ވާނީ އެޗްޕީއޭގެ ކޮވިޑް ގައިޑްލައިނާ އެއްގޮތަށް ވަނީ ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުޅިވަރު މުބާރާތަކަށް ކުޅި ބަލާ މީހުންނަށް ނުވަދެވޭ ގޮތަށް އޮތް ގޮތުންވެސް ވަނީ އުވާލާފައެވެ. ނަމަވެސް އެފަދަ މުބާރާތްތައް އެޗްޕީއޭގެ ކޮވިޑް ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދަން އެދިފައެވެ.

އަދި މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުންވެސް ވަނީ އުވާލާފައެވެ. - އެޗްޕީއޭއިން މި އުސޫލު އުވާލުމުގެ ކުރީންވެސް މި ފަހުން ގިނަ ބަަޔަކު ރަށްރަށަށް ދަތުރުކުރަނީ ޕީސީއާރު ނުހައްދައެވެ. އެ އުސޫލު ނެރުނަސް އެކަން ތަންފީޒު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. -

ދެ މަހެއްހާ ދުވަސް ވަންދެން ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތުމަށް ފަހު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. ނަމަވެސް ބައްޔަށް ޓެސްޓް ކުރެވޭ މިންވަރުވެސް ދަށެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ނަންބަރު ސަތޭކައިން ދަށުގައި ހުރިިއިރު އަތޮޅުތަކުގެ ނަންބަރު އަދިވެސް ހުރީ 500 އިން މަތީގައެވެ.