ބޮލީވުޑް

ރިތިކްގެ އާއިލާއާއެކު އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދު

ރިތިކް ރޯޝަންގެ އާއިލާގެ މެމްބަރުންނާއެކު އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދު އުފާވެރި ވަގުތުތަކެއް ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ދައުރުވެފަ އެވެ. އެ ފޮޓޯގައި ރިތިކް އާއި ސަބާ އަދި ރިތިކްގެ ބޮޑުބޭބެ ރާޖޭޝް ރޯޝަން އާއި ރިތިކްގެ މައިންބަފައިން ކަމަށްވާ ރާކޭޝް ރޯޝަން އާއި ޕިންކީ އަދި ރިތިކްގެ ދެ ދަރިން ކަމަށްވާ ރީހާން އާއި ރިދާން ވެސް ވަރަށް ހެވިފައި ތިއްބާ ފެނެ އެވެ.

މި ފޮޓޯ ބަލާފައި ގިނަ ބަޔަކު ބުނެފައިވަނީ ރިތިކްގެ ލޯބިވެރިޔާ އާއި އޭނާގެ އާއިލާގެ މީހުންނާ ވަރަށް ގާތް ގުޅުމެއް އޮންނަކަން ފޮޓޯއިން ހާމަވާ ކަމަށެވެ. މި ފޮޓޯ ނަގާފައިވަނީ އާދިއްތަ ދުވަހު ރިތިކްގެ ގޭގައި އާއިލާގެ މީހުންނަށް ބޭއްވި ޚާއްސަ މެންދުރުގެ ކެއުމެއްގަ އެވެ.

މި ފޮޓޯ އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވަނީ ރިތިކްގެ ބޮޑު ބޭބެ އަދި މިއުޒިކް ކޮމްޕޯސާ ރާޖޭޝް ރޯޝަން އެވެ. އާދިއްތަ ދުވަހު އާއިލާގެ މީހުންނާއެކު މެންދުރުގެ ކެއުމަކަށް އިންސާފުކުރެވުމުން އެ ލިބޭ އުފާ ބަޔާންކުރަން ދަތިކަމަށް މި ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައި ވެއެވެ.

ބޮޑުބޭބެގެ ކޮމެންޓަށް ރިތިކް ވެސް ޖަވާބު ދީ އޭނީ ވަރަށް ބޮޑު ތެދެއްކަމަށް އެއްބަސް ވެފައި ވެއެވެ. އަދި ބޮޑުބޭބެއަކާ އެންމެންގެ ތެރެއިން ވެސް އެންމެ މަޖާ މީހާކަމަށް ރިތިކް ލިޔެފައި ވެއެވެ.

"ބެސްޓެސްޓު ސަންޑޭ" ކަމަށް ބުނެ ޚުދް ސަބާ ވެސް ފޮޓޮއަށް ކޮމެންޓުކޮށްފައި ވެއެވެ.

ސަބާ އާއި އޭނާގެ ގުޅުމުގެ ވާހަކަ ރިތިކް މީޑީއާގައި ނުދެއްކިޔަސް ސަބާގެ އަތުގައި ހިފައިގެން ޑިނާތަކަށް ދަނިކޮށް ނަގާފައިވާ ފޮޓޯތައް މީޑިއާތަކުން ލީކުކޮށްފައި ވެއެވެ.

ރިތިކްގެ އާއިލާގެ މީހުން ފިޔަވައި އޭނާގެ ކުރީގެ އަނބިމީހާ ސުޒާން ރޯޝަން އާ ވެސް ސަބާ އާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. ސަބާގެ ކޮންސެޓަކަށް ދާދިފަހުން ސުޒާން ގޮސް ފޮޓޯ ނަގައި ސޯޝަލް މިޑިއާގައި ޝެއާކޮށްފައި ވެއެވެ. އަދި އެ ކޮންސެޓުގައި ސަބާ ލަވަކީލެއް މޮޅުކަމުން ތައުރީފުކޮށް ސުޒާން ކޮމެންޓު ކޮށްފައި ވެސް ވެއެވެ.

ރިތިކް އާއި ސުޒާން ވަރިވި ފަހުން ރިތިކް އާ ލޯބިވެރިޔަކާއެކު މިހާ ހާމަކަންބޮޑު ގޮތެއްގައި މީގެ ކުރިން އުޅެފައެއް ނުވެ އެވެ.

ސުޒާން ވެސް މިހާރު އާ ލޯބިވެރިޔަކު ހޯދައިފިކަމަށް މީޑީއާތަކުން ބުނެފައި ވެއެވެ. ސުޒާން ރައްޓެހިވެގެން އުޅެނީ ޓީވީ އެކްޓަރެއް ކަމަށްވާ އަރްސަލާން ގޯނީ އާއެވެ.