ބޮލީވުޑް

ރިތިކްގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލުން ފޭނުން މޮޔަވެއްޖެ

ރިތިކް ރޯޝަންގެ ހަށިގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްލާފަ އެވެ.

ދީޕިކާ ޕަދުކޯން އާއެކު އޭނާ ކުޅޭ "ފައިޓާ"ގައި އޭނާ ކުޅެން ޖެހެނީ ވަރަށް ވަރުގަދަ ހަށިގަނޑެއް ހުންނަ މީހެއްގެ ރޯލަށް ވާތީ އެ ރޯލަށް ފިޓް ވުމަށެވެ.

ޖިމްގައި ކަސްރަތުކޮށް ޑައިޓްކޮށް ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް މަސައްކަތްކުރަމުންދާ ރިތިކް ޖިމްގައި ވޯކްއައުޓް ހަދާފައި ނިކުމެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޝެއާ ކުރުމުން ފޭނުން ހީވީ މޮޔަވި ހެންނެވެ. ރިތިކްގެ އެއިޓް-ޕެކް-އެބް ފެނިފައި އިންޓަނެޓުގައި ރޯވި ކަހަލަ އެވެ.

ފޮޓޯތައް ބަލާފައި ރިތިކްގެ ހަށިގަނޑަށް މި ގެނެސްފައިވާ ބޮޑު ބަދަލުން އެއްބަޔަކަށް ޝޮކް ލިބުނުއިރު އަނެއް ބަޔަކު މިއީ އަސްލެއް ކަމަށް ގަބޫލުކުރަން ވެސް ތައްޔާރެއް ނޫނެވެ.

ރިތިކް، 48، ޝެއާ ކުރި ފޮޓޯއަކީ އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުންނާވެސް އެކު ކުރި ޕޯސްޓެކެވެ.

ފޭނުންގެ އިތުރުން އިންޑަސްޓްރީގެ ބައެއް ފަންނާނުން ވެސް ރިތިކްގެ މި ފޮޓޯއަށް ކޮމެންޓްކުރި އެވެ.

"މިއޮއް އައީނު ހަގީގީ ހަނގުރާމަވެރިޔާ،" އަނިޔާ ކަޕޫރު ލިޔެފައި ވެއެވެ.

ވަރުން ދަވަން ބުނީ "ދެން އޯކޭ" އެވެ. އަދި ޑައިރެކްޓަރު ޕުނީތު މަލްހޯތުރާގެ ކޮމެންޓުގައި "ބޫމް!!" ލިޔެފައި ވެއެވެ. އެކްޓަރު ސަތުޔަޖީތު ޑޫބޭ ބުނީ "އިންސްޓަގްރާމްގައި ރޯވެއްޖެ" ކަމަށެވެ.

"ފައިޓާ"ގެ އިތުރުން ސައިފް އަލީ ޚާންއާ އެކު ކުޅޭ "ވިކްރަމް ވެދާ"ގެ މަސައްކަތް ވެސް ރިތިކް ދަނީ ކުރަމުންނެވެ.