ބޮލީވުޑް

ރިތިކް ރޯޝަން ވަރެއް ހަމަ ނެތޭ ފޭނުން ބުނަނީ މިހެންވެގެން

ލޯބިވެރިޔާ ސަބާ އާޒާދު އަރައިގެން ހުރި ފައިވާން އަތުން ހިފައިގެން ޕާޓީއެއް ތެރޭގައި ރިތިކް އުޅެނިކޮށް ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ. މި ވީޑިއޯ ބަލާފައި ފޭނުން ބުނީ ރިތިކް ވަރެއް ހަމަ ނެތް ކަމަށެވެ.

ނީތާ މުކޭޝް އަމްބާނީގެ ކަލްޗަރަލް ސެންޓަރު ލޯންޗުކުރުމުގެ ގޮތުން މުމްބައިގައި ބޭއްވި ވަރަށް ކުލަގަދަ ހަފުލާއެއްގައި ބޮލީވުޑްގެ ހުރިހާ ފަންނާނުން ކަހަލަ ގޮތަކަށް އެމީހަކަށް ވެވުނުހާ ފަރިއެއް ވެގެން ބައިވެރިވި އެވެ. މި ހަފުލާއަށް ރިތިކް ދިޔައީ ސަބާއާ އެކުގަ އެވެ.

ޕާޓީ އަށް ވަދެގެން ދިޔައިރު ސަބާ ހުރީ ފުންނާބު އުސް ފައިވާނަށް އަރައިގެންނެވެ. ނަމަވެސް ވަކި ހިސާބަކުން ރިތިކް އަތުން ފައިވާން ހިފަން ޖެހުނު ސަބަބެއް އެކަކަށް ވެސް ނޭނގުނެވެ.

މަޝްހޫރު ޑިޒައިނަރު އަމިތު އަގަރްވާލް މި ޕާޓީގައި ހުރެފައި ސަބާއާއެކު ނަގާފައި ޓުވިޓާގައި ޕޯސްޓްކުރި ފޮޓޮއެއްގެ ބެކްގްރައުންޑްގައި ރިތިކް ހުއްޓާ ފެނެ އެވެ. މި ފޮޓޯ އިން ފެންނަނީ ރިތިކް ތަންކޮޅެއް ދުރުގައި އެހެން މީހަކާ ވާޙަކަ ދައްކަން ހުއްޓަ އެވެ. އަދި އޭނާގެ އަތުގައި އޭރުވެސް ސަބާގެ ފައިވާން އޮތެވެ.

މި ޕާޓީގައި ހޮލީވުޑް އަދި ބޮލީވުޑްގެ ވަރަށް އަލިގަދަ ގިނަ ތަރިންތަކެއް ބައިވެރިވި އެވެ.