ވިޔަފާރި

ބޮޑެތި ޑިސްކައުންޓްތަކަކާއެކު އީވޯ ހޯމްގެ އަހަރީ ޕްރޮމޯޝަން ފަށައިފި

ބޮޑެތި ޑިސްކައުންޓްތަކާއެކު އީވޯ ހޯމްގެ އަހަރީ ޕްރޮމޯޝަން ފަށައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަނުގައި އެ ފިހާރައިން ލިބެން ހުންނަ ހުރިހާ މުދަލުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

ޑިސްކައުންޓްގެ އިތުރުން އީވޯ ހޯމްއިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހާއްސަ ގުރުއަތެއްގައި ބައިވެރިވުމަށް ކޫޕަނެއް ދެ އެވެ. މި ގުރުއަތުގައި ފަސް ނަސީބުވެރިޔަކު ހޮވަން ވަނީ ނިންމާފަ އެވެ. ނަސީބުވެރިންނަށް އީވޯއިން ދޭ އިނާމުތަކުގެ ތެރޭގައި ސީމަންސް ބްރޭންޑުގެ ދޮންނަ މެޝިނާއި އައިސްއަލަމާރި އާއި ކުކަރު އަދި އެލްޖީ ބްރޭންޑުގެ އެއާކޯނާއި ޓީވީ ހިމެނެ އެވެ. 

އީވޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު، ރިޒްމާ ރަޝީދު ވިދާޅުވީ، މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވޭ ފަރާތްތަކުގެ ތެރެއިން ބޭނުންވާ އިނާމެއް އިހުތިޔާރު ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަންގެ މަގުސަދަކީ އާ އަހަރަށް ގޭތެރެ ޒީނަތްތެރި ކޮށް އާ ސާމާނު ގަންނަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ކަމެއް ހޯދައިދިނުން ކަމަށް ރިޒޫ ފާހަގަ ކުރެއްވި އެވެ.

"މިއީ ވަރަށް ފަސޭހަ ކަމާ އެކު އަގުބޮޑެތި އިނާމުތަކެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ ޕްރޮމޯޝަނެއް. މިއީ އާ އަހަރުގެ ހަދިޔާ އެއްގެ ގޮތުން އީވޯ ގެ ކަސްޓަމަރުންނަށް ދޭ ރަނގަޅު ހަދިޔާއަކަށް ވާނެ ކަމަށް އުންމީދު ކުރަން،" ރިޒޫ ވިދާޅުވި އެވެ. 

އީވޯ ހޯމްއަކީ ޔޫރަޕުގެ މަޝްހޫރު ބްރޭންޑްތައް ވިއްކުން އަންނަ މަގުބޫލް ފިހާރައެކެވެ. މި ވިޔަފާރީގެ ދަށުން މިހާރު ތިން ފިހާރައެއް ހިންގަ އެވެ. އެއީ ފްލޯރިން އާއި ތަށިމުޅި އަދި ކާޕެޓު ވިއްކުމަށް "އީވޯ ފްލޯރިން" އާއި އައުޓްޑޯ ފަރުނީޗަރާއި ފާހާނާ އަދި ބަދިގެ އަށް ބޭނުންވާ ސާމާނު ވިއްކުމަށް "އީވޯ ސޮލިއުޝަންސް" ފިހާރަ އެވެ.