ހުޅުމާލެ

ހުޅުމާލެ ހިއްކި އަގު 60 ބިމުން ލިބިއްޖެ

Feb 23, 2022
1

ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކަން ދިޔަ އަގު، 60 ބިން ވިއްކައިގެން ހޯދާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި ރިވެޓްމަންޓް ޖަހަން ދިޔައީ ގާތްގަނޑަކަށް 55 މިލިއަން ޑޮލަރު (850 މިލިއަން ރުފިޔާ) ކަމަށާ، ނަމަވެސް 60 ބިން ވިއްކައިގެން 64 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 989 މިލިއަން ރުފިޔާ) ލިބިފައިވާނަމަ އެތަން ހިއްކަން ދިޔަ ހަރަދު ފޫބެދިފައިވާ ކަމަށެވެ.

"އެހެންވީމަ ލޯނު ނަގައިގެން މަންފާ ލިބޭ ލޯނު ދެއްކޭ ކަހަލަ މަސައްކަތްތައް ދިރާސާކޮށްގެން ހެދީފަ ފައިދާވާކަން މިއަދު މިދަނީ ފެންނަމުން. އެ ވިޝަން ހަގީގަތަކަށް ހަދައިދެއްވި ރައީސް ޔާމީނަށް ޝުކުރު ދަންނަވަން،" ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

އެޗްޑީސީއިން މިދިޔަ ހަފުތާގައި ވަނީ 60 ބިމެއް ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާފަ އެވެ. މި ބިންތަކަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެ އެވެ.