ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތައިރޮއިޑް ފަރުވާއަށް ރައީސް ސިންގަޕޫރަށް

މީގެ ކުރިން ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގަތުމުގެ ތެރެއިން: ތައިރޮއިޑް ބައްޔަށް ފަރުވާކުރުމަށް ރައީސް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ތައިރޮއިޑް ބައްޔައް ފަރުވާކުރެއްވުމަށް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް މިއަދު ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިމަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ރައީސްގެ ދެ ކަނބަލުން އައު އަހަރާއި ދިމާކޮށް ނުރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް ވެސް ވަޑައިގެންނެވި އެވެ. ރައީސްގެ އާއިލާގެ ބައެއް ބޭފުޅުން ލަންކާގައި ދިރިއުޅުއްވަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910