ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ނުރަސްމީ ދަތުރުފުޅަކަށް ވާތީ ރައީސްގެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެންނެވީ މިއަދު މެންދުރު ކަމަށެވެ.

ރައީސްގެ ދެ ކަނބަލުން އެންމެ ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ލަންކާ އަށެވެ. އެއީ އައު އަހަރާއި ދިމާކޮށެވެ. ރައީސްގެ އާއިލާގެ ބައެއް ބޭފުޅުން ލަންކާގައި ދިރިއުޅުއްވަ އެވެ.