ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ވެކްސިން ނުޖަހާ މީހުން ޕީސީއާރު ހަދަން ޖެހޭ އުސޫލެއް

ކޮވިޑް ސާމްޕަލް ނެގުން: ކޮވިޑް ފެތުރެމުންދާތީ މޮނިޓަރިންގައިވާ ރަށްރަށުގައި ތިބި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުން ދަތުރުކުރާނަމަ އަދިވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭ --
0%
0%
0%

މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތުގެ އައު އުސޫލެއް ނެރެފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އާންމުކުރި އުސޫލުގައި ބުނެފައިވާ ގޮތުން ކޮވިޑް ފެތުރެމުންދާތީ މޮނިޓަރިންގައިވާ ރަށްރަށުގައި ތިބި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުން ދަތުރުކުރާނަމަ އަދިވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެއެވެ.

މި އުސޫލު ނެރެފައި މިވަނީ މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލާފައިވަނިކޮށެވެ.

މިއަދު އާންމުކުރި އުސޫލުގައި ކޮވިޑް-19 ފެތުރެމުގެ ހާލަތު ދެނެގަތުމަށް ރަށްރަށް މޮނިޓަރިންއަށް ގެންނާނެ އުސޫލުތަކާއި ބަލި ދެނެގަތުމަށް އަމަލު ކުރަން ޖެހޭގޮތްތައް ހިމަނާފައިވެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައެޅޭނެ ގޮތާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލު ކުރަން ޖެހޭ ގޮތްތައް ތަފްސީލުކޮށްދީފައިވެއެވެ.

އުސޫލު ބުނާ ގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައަޅާނީ ފާއިތުވެ އެއް ހަފްތާތެރޭ އެ ރަށުން ނެރޭ ސާމްޕަލްތަކުގެ ޕޮޒިޓިވްވީ ރޭޓް 20 ޕަސެންޓަށްވުރެ ދަށް ނަމައެވެ.

މީގެ އިތުރުން ބަލި ފެތުރޭ ރަށްރަށުގައި އަދިވެސް މާސްކު އަޅަން މަޖުބޫރެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި ހަދާފައިވާ ގައިޑްލައިންތައް އެ ރަށްރަށުގައި ތަންފީޒު ކުރަން ޖެހެއެވެ.

އައު އުސޫލުގައި ރިސޯޓްތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލު ކުރަން ޖެހޭ އުސޫލުތަކާއި އިންޑަސްޓްރިއަލް ރަށްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތައްވެސް ހިމަނާފައިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910