އއ. މަތިވެރީގައި މަލްޓި-ޕާޕަސް ހޯލަކާއި 12 ކްލާސްރޫމްގެ އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޮއިންޓް ވެންޗާއާއެކު ވިތް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.
މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ.
އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު އަލީ އެވެ. އަދި
އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޖިނާ އެވެ.
މި މަސައްކަތް ހަވާލުކުރީ 16 މިލިއަން ރުފިޔާއަށް 420 ދުވަހުން ނިންމާ ގޮތަށެވެ.