ރަޝިއާއާއެކު އެއްވެސް ގުޅުމެއް ދަމަހައްޓަށް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ޔުކްރޭންގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީ ރަޝިއާއާ ޑިޕްލޮމެޓިކް ގުޅުން ކަނޑުއްވާލައްވައިއިފި އެވެ.
ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިންގެ އަމުރަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔުކްރޭނަށް އަރައި ޚާއްސަ އޮޕަރޭޝަން މިއަދު ހެނދުނުއްސުރެ ގެންދަނީ ހިންގަމުންނެވެ.
އަސްކަރީ އޮޕަރޭޝަނާ ބެހޭ ގޮތުން ޕޫޓިން ވިދާޅުވީ ހުޅަނގާ ގުޅިގެން ޔުކްރޭނުން މަސައްކަތްކުރި ހާލަތު ކުރިމަތިވެއްޖެ ކަމަށާއި ދެން އޮތީ ތަޖުރިބާކުރުން ކަމަށެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި އޮޕަރޭޝަންގެ މަގުސަދަކީ ޔުކްރޭނުން އަސްކަރީ ބާރު ކަނޑުވާލުމެވެ.
ޔުކްރޭންގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީ ވިދާޅުވީ ރަޝިއާއިން ޔުކްރޭނަށް އެރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާއިން ގޮތްދޫނުކޮށް ހިންގާ އަމަލުތައް ހިތިވާނެ ކަމަށެވެ.
ޒީލިއަންސްކީ ވިދާޅުވީ ޔުކްރޭނުން މިއަދުގެ ތާރީޚް ޖަހާނީ ރަޝިއާއިން އުދުވާން ކުރިމަތިކުރިވި ދުވަހެއް ގޮތުގައި ކަމަށާއި ހަނގުރާމަ އަކީ ރަޝިއާގެ ރައްޔިތުން އަދި ޔުކްރޭންގެ ރައްޔިތުން ރުހޭނެ ކަމެއް ނޫން ކަމަށެވެ.