ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ހަފްތާއަކު އެއް ފަހަރު ހާމަކުރަނީ

Feb 25, 2022
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު --
0%
0%
0%

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކާއެކު ޕޮޒިޓިވިޓީ ރޭޓް ހަފްތާއަކު އެއް ފަހަރު ހާމަކުރަން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭ އިން ދަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ކޮންމެ ދުވަހަކު ހާމަކުރަމުންނެވެ.

ރޭގަނޑު ދިހައެއް ޖަހާއިރު އެ އަދަދު ހާމަކުރަނީ ކުރީ ދުވަހު އިރުއޮއްސި ހަޔަކުން އެ ދުވަހުގެ އިރުއޮއްސި ހަޔަކަށް ޓެސްޓްކުރާ ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށް ފަހު އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މިރެއިން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކާއެކު ޕޮޒިޓިވިޓީ ރޭޓް ހުރި ގޮތް ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ރޭ ހާމަ ކުރާނެ ކަމަށެވެ. އެ ނިންމުން ނިންމީ ކޮންމެ ދުވަހަކު ޓެސްޓް ކުރެވޭ ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވާ ސާމްޕަލްތައް އެއީ ކޮން ސަރަހައްދުތަކަކުން ނެގި ސާމްޕަލްކަން ދެނެގަތުމަށް ދުވަސްތަކެއް ހޭދަވާތީ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 40 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 501 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 49 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،374 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،380 މީހުންނެވެ. މިހާތަނަށް 152،437 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 23 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 294 އަށް އަރާފައެވެ. ކޮވިޑްގައި އިއްޔެ ދެ މީހަކު މަރުވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910