މޯލްޑިވްސް ކަސްޓަމްސް ސާވިސް

ދިރޭމަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ހާއްސަ އެންގުމެއް

Feb 25, 2022
ކަސްޓަމްސްގެ ހެޑް އޮފީސް. ދިރޭމަސް އެކްސްޕޯޓް ކުރާ ފަރާތްތަކުން މައުލޫމާތު ފުރިހަމަ ކުރަން ވަނީ އަންގާފައި
0%
0%
0%

ދިރޭ މަސް އެކްސްޕޯޓް ކުރަން އިންވޮއިސްއާއި އެކްސްޕޯޓް ޑިކްލަރޭޝަން ހުށަހަޅާއިރު ކޮންމެ ބާވަތެއްގެ ތަފްސީލް ވަކިން ހުށަހެޅުމަށް އަންގައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ ދިރޭ މަސް އެކްސްޕޯޓް ކުރުމަށްޓަކައި ލިޔުންތައް ހުށަހަޅާއިރު ހުރިހާ ބާވަތެއްގެ މަހުގެ މައުލޫމާތު އެއްކޮށްލައިގެން ހުށަހަޅަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.

ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކުރަމުންދާތީ އެކްސްޕޯޓުގެ ތަފާސްހިސާބު ބެލެހެއްޓުމުގައި ދަތިތައް ކުރިމަތިވަމުންދާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސްގެ މި ނިންމުމާ އެއްގޮތާ އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ތާރީހުގެ ފަހުން ދިރޭ މަސް އެކްސްޕޯޓް ކުރެވޭނީ ކޮންމެ ބާވަތެއްގެ ތަފްސީލާއި، ސައިޒާއި، ސައިންޓިފިކް ނަމާއި ސައްހަ އަގު ވަކިން އެނގޭ ގޮތަށް ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމުން ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށް ޑިއުޓީ ދެއްކުން ފަސްކޮށް މުދާ ދޫކުރެވޭ އާ އުސޫލެއް ވެސް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިހާރު ވަނީ އެކުލަވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910