ރައީސް އޮފީސް

އަނިލް އަށް ސްޓޭޓް މިނިސްޓަރުކަން

Feb 27, 2022
3

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެ މަގާމަށް އައްޔަންކުރެއްވީ އަދާލަތު ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ސ. ހިތަދޫ، ޖަންބުމާގެ މުހައްމަދު އަނިލް އެވެ.

އަނިލް ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާ އިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާ އިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަނިލް މިހާރު ގެންދަވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މާސްޓާސް އޮފް އިސްލާމިކް ސްޓަޑީޒްގެ ދާއިރާ އިން ތައުލީމު ހާސިލްކުރައްވަމުންނެވެ.

އަނިލް އަކީ 2017 ވަނަ އަހަރުން ފެށިގެން ސ. ހިތަދޫ އިސް އިމާމުގެ މަގާމު ވެސް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އަނިލްގެ އިތުރުން ޝައިހް އިލްޔާސް ޖަމާލު ވެސް ހުންނަވަ އެވެ.