ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސާޅީސް ހަތް ދުވަހަށް ފަހު ކޮވިޑް ނަންބަރު 500 އިން ދަށަށް

ކޮވިޑް ސާމްޕަލް ނެގުން: ޕޮޒިޓިވް ނަންބަރު ދަނީ ދަށްވަމުން --
0%
0%
0%

ރާއްޖެއިން އިތުރު 484 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ މިދިޔަ 47 ދުވަސްތެރޭ ކޮވިޑް ނަންބަރު 500 އިން ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ. އެންމެ ފަހުން ޕޮޒިޓިވް ނަންބަރު 500 އިން ދަށުގައި ހުރީ ޖަނަވަރީ 10 ވަނަ ދުވަހު އެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 169،632 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 57 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 382 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 24 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 3،014 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،076 މީހުންނެވެ. މިހާތަނަށް 154،246 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 16 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 297 އަށް އަރާފައެވެ. އެ ބަލީގައި މިއަދުވެސް މީހަކު މަރުވިއެވެ. އަދި އިއްޔެ ދެ މީހަކު މަރުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މައެމޫނާ

މީ ކޮންތާކުން ހޯދާ މައުލޫމާތެއް. ވަރަށް ސާފުކޮއް ހެޗްޕީ އޭ އިން ބުނެފި ހަފްތާއަކު އެއްފަހަރުއޭ މި މައުލޫމާތު ހާމަ ކުރާނީ. އަވަސް އަށް ވަހީ އަންނަނީތަ؟

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910