މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އެމްޕްލޯއިމަންޓް އެޖެންސީ ހިންގަން ހުއްދަ ދިނުން މަޑުޖައްސާލައިފި

Mar 2, 2022

އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި އާ ކޮށްދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އެޖެންސީ ހިންގަން ހުއްދަ ދިނުމާއި އާ ކޮށްދިނުން މެދުކަނޑާލީ މިހާރު އަމަލުކުރަމުންދާ އެކަމާ ގުޅޭ ގަވައިދުގެ ބަދަލުގައި އާ ގަވައިދެއް ނެރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި އާ ކޮށްދިނުން ވަގުތީގޮތުން މެދުކަނޑާލީ މިމަހުގެ ނިޔަލަށެވެ.

"މި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައި ވީނަމަވެސް، މުއްދަތު ހަމަވާ އެޖެންސީތަކުގެ ހުއްދައިގެ މުއްދަތު މި އަހަރުގެ 31 މާޗްގެ ނިޔަލަށް އިތުރު ކޮށްދޭނެކަމުގައި ދެންނެވީމެވެ." މިނިސްޓްރީން ބުނެފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލައި މިހާރު އަމަލުކުރަމުންދާ ގަވައިދަކީ މާޗް 24، 2016 ގައި ގެޒެޓްކޮށްފައިވާ ވަރަށް ތަފްސީލް ގަވައިދެކެވެ.

ޖުމްލަ 38 މާއްދާ އާއި 12 ޖަދުވަލް މިހާރުގެ ގަވައިދުގައި ހިމެނެ އެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީން އާ ގަވައިދެއް އެކުލަވާލާ ސަބަބާއި އާ ގަވައިދުގައި ތަފާތުވާނެ މާއްދާތަކާ ގުޅޭ ގޮތުން މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.