ޕޮލިޓިކްސް

ރައީސް ނަޝީދު މޯލްޓާއަށް ފުރާވަޑައިގެންފި

Mar 2, 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މޯލްޓާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިރޭ މޯލްޓާއަށް ފުރާވަޑައިގަތީ އަބްދުލް އަޒީޒް ސައުދު އަލް ބަބްޓައިން ކަލްޗްރަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް"ގެ ބައްދަލުވުމަށް އެމަނިކުފާނަށް ދައުވަތު އަރުވާފައިވާތީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ނަޝީދު އަރިހުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވެސް މޯލްޓާ އަށް ފުރާވަޑައިގެންނެވި އެވެ.

ޔޫރަޕްގެ ގައުމެއް ކަމަށްވާ މޯލްޓާގައި މާދަމާ ފަށާ ބައްދަލުވުން ހުކުރު ދުވަހާ ހަމައަށް ކުރިއަށް ދާނެ އެެވެ.

މި ބައްދަލުވުމަށް ފަހު އަންނަ އާދިއްތަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.