ގައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލާއި ރާއްޖޭގެ އެންމެ އެއް އަމިއްލަ ހޮސްޕިޓަލް -- ޓްރީ ޓޮޕް ހޮސްޕިޓަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވަސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ އޯނާސް ރެޕްރެޒެންޓޭޓިވް ސަރާ މޫސާ އެވެ.
މި އެއްބަސްވުމުގެ ދަށުން ގައުމީ ޔުނިވަސިޓީގައި ނާސިން ކިޔަވަމުންދާ ދަރިވަރުންގެ ކްލިނިކަލް މާއްދާތަކުގެ ބައެއް ބައިތައް ހޮސްޕިޓަލްގައި ކުރިއަށް ގެންދިއުމަށާއި ކިޔެވުމުގެ ބައިތައް ހޮސްޕިޓަލްގައި ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ އެވެ.
ގައުމީ ޔުނިވަސިޓީގައި ނަރުސްކަން ކިޔަވައިގެން ވަރަށް ގިނަ ކުދިން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަޒީފާ އަދާކުރަމުން ގެންދެ އެވެ.
ރާއްޖޭގެ ބައެއް އަމިއްލަ ކޮލެޖުތަކުގައި ވެސް މިހާރު ގެންދަނީ ނަރުސްކަން ކިޔަވައިދެމުންނެވެ.