ވިޔަފާރި

އެލިއާއިން "ބައިކް އޮފް ދަ އިޔާ" ރާއްޖެއަށް ތައާރަފުކޮށްފި

ޔަމަހާ ބްރޭންޑްގެ ރާއްޖޭގެ ސޯލް ޑިސްޓިރިބިއުޓާ އެެލިއާ އިންވެސްޓްމަންޓްސްގެ ފަރާތުން ބައިކް އޮފް ދަ އިޔާ ކަމުގައިވާ ޔަމަހާ "އެން މެކްސް" 150 ސީސީގެ ސައިކަލް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ސައިކަލް ތައާރަފުކުރުމަށް މިއަދު އާޓްފިޝަލް ބީޗްގައި ބޭއްވި އިވެންޓްގައި ސައިކަލް ތައާރަފުކޮށްދިނި އެލިއާގެ ޖެނަރަލް މެނޭޖަރު އަހުމަދު ސައީދާއި ޔަމަހާއިން ސައުތު އޭޝިއާއަށް ކަޑައަޅުއްވާފައިވާ ސީނިއާ މެނޭޖަރު އީޑާ، އަދި ސީނިއާ ސުޕަވައިޒަ ހަކަމަޓާއެވެ.

ސައިކަލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެލިއާގެ މާކެޓިން މެނޭޖަރު އަސީލު ވިދާޅުވީ، މި ސައިކަލަކީ އެންޓިލޮކް ބްރޭކިން ސިސްޓަމް (އޭބީއެސް) ފުރަތަމަ ހިމެނުނު މިކެޓަގަރީގެ މޮޓޯސައިކަލް ކަމަށްވުމުން ދުނިޔޭގެ ސައިކަލް މާކެޓުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ސައިކަލެއް ކަމަށެވެ. އޭބީއެސްގެ ސަބަބުން ކަހާލާފައި ވެއްޓުން ދުރުވާނެއެވެ.

އަދި މި ސައިލަކީ ފުރަތަމަ ފަހަރަށް ސައިކަލެއްގައި ވޭރިއަބްލް ވޭލްވް އެކްޗުއޭޝަން (ވީވީއޭ) ޓެކްނޮލޮޖީ ހިމެނުނު ސައިކަލެވެ. "އެން މެކްސް" އަކީ ބެލެންސް ރަނގަޅު، ދުއްވާލަން ފަސޭހަ ސައިކަލެކެވެ.

މި އާ ސައިކަލާއެކު އެކުންފުނިން މި އަހަރު އަލަށް ތައާރަފުކުރި ސްޓްރީޓް ކިންގްގެ ނަމުން މަޝްހޫރުވެފައިވާ އެމް އެކްސް ކިންގް އަދި ސޯލޯ ޖީޓީ ފަދަ މޮޑެލްގެ ސައިކަލްތައް މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ވަނީ ދައްކާލާފައެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި އިވްނެޓްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން އެލިއާގެ ކަސްޓަމަރުންނަށް އަމާޒުކޮށް ބެލެންސްކޮށް މަޑުން ސައިކަލް ދުއްވުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ.

އެލިއާއިން ދަނީ ތަފާތި ޕްރޮމޯޝަންތަކެއް ތައާރަފްކޮށް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ "ޑައުންޕޭމަންޓް އެއް ރުފިޔާ"ގެ ސައިކަލް ޕްރޮމޯޝަން ހިމެނެއެވެ. އެލިއާއިން މަހުންމަހަށް ފައިސާ ދައްކާ އުސޫލުން ދޫކުރާ ސައިކަލްތައް ދޫކުރާނީ އިސްލާމީ ޝަރީއަތް ހުއްދަކުރާ އިސްލާމިކް ފައިނޭންސް ކޮންސެޕްޓެއްގެ ދަށުންނެވެ.

މި އަހަރުގެ އެލިއާއަށް 50 އަހަރު ފުރުން ފާހަގަ ކުރެވުނުއިރު ޔަމަހާއާއި އެލިއާ ގުޅިގެން ރާއްޖޭގެ ކަސްޓަމަރުންނަށް ތަފާތު ހިދުމަތްތައް ފޯރުކޮށް ދެމުންގެންދާތާ 40 އަހަރު ފުރުން ވެސް ފާހަގަކޮށްފައިވެއެވެ.