ހުޅުމާލެ

ޒަހަމްކޮށްލާފައި އޮތް ބިދޭސީއަކަށް ފަރުވާ ދެނީ

Mar 6, 2022

ހުޅުމާލޭގެ މަގެއްގެ މަތީގައި އަނިޔާތަކަކާ އެކު އޮތް މީހަކު ފެނިއްޖެ އެވެ.

އަނިޔާވެގެން ފުލުހުންގެ އެހީތެރިކަމާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 27 އަހަރުގެ ބިދޭސީ އެކެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ބިދޭސީ ފިރިހެން މީހާ ފެނުނުއިރު އޮތީ ބޯފަޅާލާފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވަނީ އަނިޔާތަކަކާ އެކު ގެންދިޔަ ބިދޭސީ އަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ އަނިޔާތަކާ ގުޅޭގޮތުން ހޮސްޕިޓަލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބިދޭސީންގެ މެދުގައި މާރާމާރީ ހިންގާ ބައެއް މީހުން މަރާލާފައިވާ މައްސަލަތައް ރާއްޖޭގައި މަދުން ނަމަވެސް ހިނގާފައި އެބަހުއްޓެވެ. ގިނަ އަދަދެއްގެ ބިދޭސީން ކުށުގެ ވެށީގައި އުޅޭކަން ފުލުހުން ވެސް ގެންދަނީ ފާހަގަކުރަމުންނެެވެ.