ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަންކުރައްވާފައިވަނީ އަހްމަދު ފާތިހް އެވެ.
ފާތިހް ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވާފަ އެވެ.
ފާތިހް މީގެކުރިން ވަނީ އެއާޕޯޓުގެ އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ފުރުއްވާފަ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ފާތިހުއާ އެކު މިހާރު ތިން ބޭފުޅުން އެބަތިއްބެވި އެވެ.