ދިރާގު

ދިރާގުން އަންހެނުން ބާރުވެރިކުރަން އެކްޝަން ޕްލޭނެއް

Mar 8, 2022

ދިރާގުން އަންހެނުން އިތުރަށް ބާރުވެރިކުރުމަށް ކުންފުނީގެ އައު އެކްޝަން ޕްލޭން ތައާރަފުކޮށްފި އެވެ.

ދިރާގުން އަންހެނުން ބާރުވެރި ކުރުވަން އާ އެކްޝަން ޕްލޭން ތައާރަފުކުރަން ނިންމާފައިވާކަން އިއުލާނުކުރީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު މިއަދު އެ ކުންފުނީގެ އަންހެން މުވައްޒަފުންނާ ބައްދަލުކުރައްވަ އެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރަން ދިރާގުގެ ސީއީއޯ މުވައްޒަފުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ކުންފުނީގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޓެކްނިކަލް ވަޒީފާތަކުގައިވެސް އަންހެނުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެ ކުންފުނީގައި އަންހެން މުވައްޒަފުންނަށް އެކަށީގެންވާ މާހައުލެއް އަބަދުވެސް އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ދިރާގުގައި އަންހެން ގިނަ މުވައްްޒަފުންތަކެއް މަސައްކަތް ކުރެ އެވެ. އެ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ބޭނުންވާ ފުރިހަމަ ހިދުމަތް ލިބެން ހުރެ އެވެ. އެ ކުންފުނީގައި 2020 އިން ފެށިގެން "މަދާސް ރޫމް" އެއްވެސް ހުޅުވާފައިވެ އެވެ.