ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ހިރިލަންދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ބީއެމްއެލްއިން ހިރިލަންދޫގައި ހުޅުވި އޭޓީއެމް ސެންޓަރު -- ފޮޓޯ: ބީއެމްއެލް
0%
0%
100%

ބޭންކް އޮފް މޯލްޑިވްސް އިން ތ. ހިރިލަންދޫގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.

ހިރިލަންދޫގައި މި ހިދުމަތް ތައާރަފު ކުރުމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް އެ ރަށުން ލިބޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ފުޅާކޮށް ހިރިލަންދޫގައި އޭޓީއެމް ހިދުމަތް ފޯރު ކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެ އޭޓީއެމްގެ ސަބަބުން ބޭންކިން ހިދުމަތް ހޯދުމަށް ލުއި ފަސޭހަވެގެން ދާނެ ކަމަށެވެ.

ހިރިލަންދޫއާއެކު އެ އޮތޮޅުގެ ތިން ރަށެއްގައި މިހާރު ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމުކޮށްފައިވެ އެވެ. އެއީ ގުރައިދޫ، ވޭމަންޑޫ އަދި ތިމަރަފުށްޓެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔާ އެކު ބީއެމްއެލް އިން 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 138 އޭޓީއެމް ހުންނަ އިރު 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ލިބެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345