ހދ. ހޮނޑައިދޫގެ ބަދަލުގައި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ސަރުކާރުން ދޭ ގއ. ދިޔަދޫގައި ދަނޑުވެރި ކަމާއި މަސްވެރި ކަމުގެ ބިޔަ ޕްރޮޖެކްޓެއް ފަށަަން ނިންމައި އެ ޕްރޮޖްކެޓްގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހަޅުއްވައިފި އެވެ.
ހޮނޑައިދޫ ޖާބިރު އަތުން ނެގީ 2012 އިގަ އެވެ. އޭގެ ފަހުން އެ ކޯޓުން އެ ނިންމުން ބާތިލު ކުރުމުން އެ ރަށުގެ ބަދަލުގައި އެހެން ރަށެއް ޖާބިރަށް ދިނުމުގެ މަރުހަލާގައި ނުވަ އަހަރު ވެފައި ވެއެވެ. މިހާރު ދޭން މަސައްކަތް ކުރަނީ ކުރީން މީހުން އުޅެމުން އައި ދިޔަދޫ އެވެ.
ދިޔަދޫގައި ތަރައްގީ ކުރަން ޖާބިރު ހުށަހަޅުއްވާފައި ވަނީ ދަނޑުވެރި މަސްވެރި ވިލެޖެކެވެ. ހާބަރަކާއެކު މަސް ޕްރޮޕޯސް ކުރުމާއި މަސް ވިއްކާ ހިއްކާ، މަސް އެކްސްޕޯޓްކޮށް ހުރިހާ ނިޒާމެއް ހިމެނޭ ކޮމްޕްލެކްސް އަކަށް ދާއިރު ދަނޑުވެރި ކަމުގެ ފުޑް ރިޒާވެއް އުފެއްދޭ ވަރަށް ރަށް ތަރައްގީ ކުރާނެ އެވެ.
ޖާބިރު ވިދާޅުވީ އެ ޕްރޮޖެޓަކީ ރާއްޖޭގައި މަސްވެރި ކަމާއި ދަނޑުވެރި ކަމުގެ އާ ބަދަލެއްގެ ފެށުމަށް ވެގެން ދާނެ ކަމަށެވެ. ރާއްޖެ މިވަގުތު އޮތް ހިސާބުން އިގްތިސޯދަށް ބަދަލެއް ގެނައުމަށް ދާން ޖެހިފައި ވަނީ ވެސް މަސްވެރި ކަމާއި ދަނޑުވެރި ކަމުގެ އިންވެސްޓްމަންޓްތަކަށް ކަމަށެވެ.
"ދުނިޔޭގެ ފުޑު މެނޫތަކަށް ރާއްޖޭގެ މަހުގެ ބާވާތްތައް އަރައި ހިނގައިގަންނަ ވަރުގެ ވިސްނުމަކާއި ދުވެއްޔެއް ރާއްޖެއަށް ގެންނަން ޖެހޭ ނޫންތޯ؟" ޖާބިރު ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް ދ. މާދެލީގަ އާއި ނ. ކެނދިވަރުގައި ހިންގަން ވެސް ކުރިން މަސައްކަތް ކުރި އެވެ.