ހދ. ހޮނޑައިދޫގެ ބަދަލުގައި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ސަރުކާރުން ދޭން ނިންމާފައިވާ ދ. މާދެލީގައި ދަނޑުވެރި ކަމާއި މަސްވެރި ކަމުގެ ބިޔަ ޕްރޮޖެކްޓެއް ފަށަަން ނިންމައި އެ ޕްރޮޖްކެޓްގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހަޅުއްވައިފި އެވެ.
ޖާބިރު މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާތްގަނޑަކަށް ހަތަރު ބިލިޔަން ދިވެހި ރުފިޔާގެ އެ ޕްރޮޖެޓަކީ ރާއްޖޭގައި މަސްވެރި ކަމާއި ދަނޑުވެރި ކަމުގެ ބަދަލެއްގެ ފެށުމަށް ވެގެން ދާނެ ކަމަށެވެ. ރާއްޖެ މިވަގުތު އޮތް ހިސާބުން އިގްތިސޯދަށް ބަދަލެއް ގެނައުމަށް ދާން ޖެހިފައި ވަނީ ވެސް މަސްވެރި ކަމާއި ދަނޑުވެރި ކަމުގެ އިންވެސްޓްމަންޓްތަކަށް ކަމަށެވެ.
ދަނޑުވެރި ކަމުގެ ރަށް މާލެ އަތޮޅު ކާށިދޫ ހިމެނޭ ގޮތަށް ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަދި މަސްވެރިކަމުގެ ވިޔަފާރި މިހާރު ވެސް ކުރައްވާ ޖާބިރު ވިދާޅުވީ ދުނިޔޭގައި ދަނޑުވެރި ކަމާއި މަސްވެރި ކަމުގެ ބައިވަރު ވައްތަރުތަކާއި ޕްރޯސެސް އެންމެ މަތީ ލެވެލްގައި ހިނގަމުން އަންނަ ކަމަށާއި ރާއްޖޭގެ މިފްކޯގައި 300 މީހުން އެއްކޮށްގެން މަހުން ކަށިފިލުވާން ތިއްބާ ފަހަތުގައި ހުރި ގައުމުތައް ތަރައްގީ ހޯދައިގެން ކުރިއަރައި އޮބައިފި ކަމަށެވެ،
"ދުނިޔޭގެ ފުޑު މެނޫތަކަށް ރާއްޖޭގެ މަހުގެ ބާވާތްތައް އަރައި ހިނގައިގަންނަ ވަރުގެ ވިސްނުމަކާއި ދުވެއްޔެއް ރާއްޖެއަށް ގެންނަން ޖެހޭ ނޫންތޯ؟ މިހެން ކަންނެތް ކަމާއެކު ނިދާފައި ތިބެގެން އެކަން ވޭތޯ، އަޅުގަނޑުމެންގެ ފަހަތުގައި ހުރި އެހެން ގައުމުތަކުން މިކަން ކޮށްފިއޭ،" ޖާބިރު ވިދާޅުވި އެވެ.
ދުނިޔޭގެ ފުޑު މެނޫތަކަށް ރާއްޖޭގެ މަހުގެ ބާވާތްތައް އަރައި ހިނގައިގަންނަ ވަރުގެ ވިސްނުމަކާއި ދުވެއްޔެއް ރާއްޖެއަށް ގެންނަން ޖެހޭ ނޫންތޯ؟ މިހެން ކަންނެތް ކަމާއެކު ނިދާފައި ތިބެގެން އެކަން ވޭތޯ، އަޅުގަނޑުމެންގެ ފަހަތުގައި ހުރި އެހެން ގައުމުތަކުން މިކަން ކޮށްފިއޭއަބްދުﷲ ޖާބިރު | ވިޔަފާރިވެރިޔާ
ޖާބިރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް ވެސް މަސްވެރިކަން "ބަހާލާފައި" އޮންނަނީ ހަތަރު ދިމާއަކަށް ކަމަށެވެ، އަދި ދަނޑުވެރިކަމަކީ އެއްވެސް ކަމަކަށް ނުހަދާ އެއް ފަރާތް ކޮށްލާފައިވަ ކަމަށެވެ. އެކަމަކު މަސްވެރި ކަމާއި ދަނޑުވެރިކަމަށް އިންވެސްޓްކޮށް އާ ޒަމާނެއް ރާއްޖެއަށް ގެނައުމަށް ފުރުސަތު ހޯދަން ޖެހޭ ކަމަށާއި ރާއްޖެއިން އެ ފުރުސަތުގެ ބޭނުން ހިފަން ޖެހިފައިވާ ކަމަށެވެ.
"އެހެންވެގެން އިޓަލީގެ ފުޑް ޓެކްނޯލޮޖީއާއެކު މިހާރު އަޅުގަނޑު ވާނީ ރާއްޖޭގެ އިކޮނިމިކް ކައުންސިލަށް މި ޕްރޮޖެކްޓް ހުށަހަޅާފައި. މި ރާއްޖޭގެ ސަރުކާރާއި އަޅުގަނޑު ވާހަކަ ދައްކައިފިން އަނެއްކޮޅުން އިޓަލީ ސަރުކާރާ ވެސް ވާހަކަ ދައްކައިފިން. ދ. މާދެލީ ގައި އަޅުގަނޑު ޑިވެލޮޕް ކުރާން މިދަނީ މަސްވެރި ދަނޑުވެރި ވިލެޖެއް،"
މަސްވެރިން ވެސް ދަނޑުވެރިކަން ވެސް މާދެލީގައި ކުރާނީ އެންމެ ހަޔަސްޓް ކްލާހުގައި ކަމަށާއި މިހާރު ދިވެހި އަމިއްލަ ފަރާތްތަކުން ގެންގުޅޭ ކުދި ސެޓަޕްތަކަށް ވުރެ އެތައް ތަނަކުން ބިޔަ ބޮޑު ސެޓަޕެއް މާދެލީގައި ގާއިމު ކުރާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑު މިއީ މިފްކޯގެ ޗެއާމަންކަން ވެސް ކުރި މީހެއް، އެއަށް ވުރެ ސަކަރާތްތަނެއް ނުވެސް އޮންނާނެ ދުނިޔޭތާކު ދުނިޔޭގައި ނިއު ޓެކްނޯލޮޖީ ގްރީން ޓެންލޯޖިީ ހުންނައިރު މިފްކޯއިން ހައެއްކަ ގަނޑު މަހުން ކށި ފިލުވަން ވެސް 300 މީހުން ބޭނުންވޭ މިއީ ކޮން ކަހަލަ ޓެކްނޮލޮޖީއެއް،" ޖާބިރު ވިދާޅުވި އެވެ.
މާދެލީގައި ތަރައްގީ ކުރަން ޖާބިރު ހުށަހަޅުއްވާފައި ވަނީ ދަނޑުވެރި މަސްވެރި ވިލެޖެކެވެ. ހާބަރަކާއެކު މަސް ޕްރޮޕޯސް ކުރުމާއި މަސް ވިއްކާ ހިއްކާ، މަސް އެސްޕޯޓްކޮށް ހުރިހާ ނިޒާމެއް ހިމެނޭ ކޮމްޕްލެކްސް އަކަށް ދާއިރު ދަނޑުވެރި ކަމުގެ ފުޑް ރިޒާވެއް އުފެއްދޭ ވަރަށް ރަށް ތަރައްގީ ކުރާނެ އެވެ.