ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ގަސްތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރޭތީ ސަމާލުވާން އަންގައިފި

އއ. ތޮއްޑޫގައި ހައްދާފައިވާ ގަސްތަކެއް. -- ފޮޓޯ: އަވަސް
0%
0%
0%

ރުއްތަކަށާއި ގަސްތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރުއްތަކަށާއި ގަސްތަކަށް ފެތުރެމުން ދަނީ މުޅިން އާ ބައްޔެއް ކަމަށެވެ. އަދި މިއީ ދިރޭ ސުއިއްޕެއްގެ ސަބަބުން ރުއްތަކަށާއި ގަސްތަކަށް ޖެހެމުންދާ ބައްޔެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ މި ބަލި ޖައްސާ ފަނިފަކުސަ ރުކުގެ ފަނާއި ގަހުގެ ފެހި ބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ ބައެއް ގަސްތައް މަރުވަމުންދާ ކަމަށެވެ.

މި ބައްޔަކީ ރުކަށާއި ދަނޑުގައި ހައްދާ ގަސްތަކަށާއި ބަގީޗާ ގަސްތަކަށް ޖެހޭ ބައްޔެއްކަން އެ މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

"މި ބަލި ޖައްސާ ފަނިފަކުސަ/ޖަރާސީމު ދެނެގަނެ، ބަލި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ހާއްސަ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް މި މިނިސްޓްރީން ކުރިއަށް ގެންދެވޭނެ،" އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއީ އެއްގަހުން އަނެއް ގަހަށް އަރާ ބައްޔެއް ކަމުން ގަސްވިއްކާ ފަރާތްތަކާއި ގަސް ގަންނަ ފަރާތްތަކުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މި ބަލީގެ އެއްވެސް އަލާމާތެއް އެއްވެސް ގަހަކުން ފެނިއްޖެނަމަ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެގްރިކަލްޗަ މިނިސްޓްރީއަށް އެންގުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910