ޓެކްނޯލޮޖީ

އައިފޯން 14 މިނީ، މިފަހަރު ނުނެރޭނެ

އެޕަލުން މިއަހަރު ފަހުކޮޅު އައިފޯން 14 އިގެ ހަތަރު ފޯނެއް ނެރޭނެ އެވެ. އައިފޯން 14 ގައި ސްކްރީން ސައިޒް ތަފާތު ހަތަރު ފޯނެއް މާކެޓަށް ނެރުނު ނަމަވެސް، އައިފޯން 14 މިނީއެއް މިފަހަރު ނުނެރޭނެ ކަމަށް ބުނެވެ އެވެ.

އައިފޯން 14 މީގެ ކުރިން ނެރުނު މޮޑެލްތަކަށް ވުރެ ބާރުގަަދަ ވާނެ ކަމަށް ވެސް ބުނެވެ އެވެ. އެޕަލުން އައިފޯން ވިޔަފާރީގައި ގެންގުޅޭ ސަތާފަތަކީ ވެސް ފަހުން ނެރޭ މަރުކާގެ ޗިޕްތަކަށް ދާންދެން ބަދަލުކޮށް ފެންވަރު މަތިކުރުމެވެ.

އައިފޯން 14 ލޭބަލްކޮށް ނެރޭނެ ކަމަށް ބުނެވޭ ފޯނުތަކަކީ، އައިފޯން 14 6.1 އިންޗި އެވެ. އައިފޯން 14 މެކްސް 6.7 އިންޗި، އައިފޯން 14 ޕްރޮ 6.1 އިންޗި އަދި އައިފޯން 14 ޕްރޮ މެކްސް 6.7 އިންޗި އެވެ.

އެޕަލުން މިފަހަރު ބޭނުންވަނީ އައިފޯން 14 އަށް ނަން ކިޔައިފި ނަމަ ހުރިހާ ފޯނެއް ވެސް އޭގެ ޒާތުގައި އެއް ފެންވަރެއްގައި މަަސައްކަތް ކުރުން ކަމަށް ބުނެވެ އެވެ. އެއްވެސް ފޯނެއްގައި ތަފާތު ނަމެއްގައި ޗިޕެއް ހިމަނަން އެޕަލް ބޭނުން ނުވާ ކަމަށް ވެސްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިފޯން 14 ގެ ހާޑްވެއާ އެޕަލުން މުޅިން ބަދަލު ކުރާނެ އެވެ. ބަޔޮނިކް ޗިޕުން ފެށިގެން ގްރެފިކް ޗިޕް އަދި ރޭމް ޗިޕްތައް ވެސް ބަދަލު ކުރާނެ އެވެ.

ހާޑްވެއާ ޒަމާނަށް ފެއްތުމުގެ ބޭނުމަކީ ބާހާޑްވެއާ މުޅިން ނައްތާލައި އެޕަލްގެ އުފެއްދުންތަކުގައި އާ ޓެކްނޮލޮޖީ ހިމެނުން ކަމަށް ވެސްވެ އެވެ.