ޓެކްނޯލޮޖީ

އެޕަލް އިވެންޓް މިރޭ، އައިފޯން 13 ފެންނާނެބާ؟

އެޕަލްއިން "ކެލިފޯނިއާ ސްޓްރީމިން" ގެ ނަމުގައި މިރޭ އިވެންޓެއް ބާއްވާނެ އެވެ. އެ ކުންފުނިން އަދި މި އިވެންޓުގައި ދައްކާލާނެ އެއްވެސް ޕްރޮޑަކްޓެއްގެ މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.

މިރޭ 10:00 ގައި ފަށާ މި އިވެންޓަކީ ހަމަ އެކަނި އޮންލައިންކޮށް ބާއްވާ އިވެންޓެކެވެ. މި އިވެންޓު ސްްޓްރީމް ކުރުން އޮންނާނީ އެޕަލްގެ ވެބްސައިޓުގަ އެވެ.

އެޕަލްއިން އަދި މި އިވެންޓާއި ބެހޭ މައުލޫމާތުތައް ހިއްސާ ކޮށްފަައި ނުވާއިރު މާކެޓް ދިރާސާކުރާ ގިނަަ ފަަރާތްތަކުން ވަނީ މި އިވެންޓުގައި އާ އައިފޯނެއް، ލަފާ ކުރެވޭ ގޮތުގައި އައިފޯން 13 މި އިވެންޓުގައި ދައްކާލާނެ ކަމަށެވެ. އަދި މި އިވެންޓު ބޭއްވާއިރު މި ފޯނާއި ބެހޭ ގިނަ މައުލޫމާތު ތަކެއް ވަނީ ލީކުވެސް ވެފަ އެވެ.

އެޕަލްގެ ޑިވަައިސްތައް ރިވިއުކުރާ ގިނަ ފަރާތްތަކުންވެސް ބުނެފައިވނީ އައިފޯން 13 މި އިވެންޓުގައި ދައްކާލާނެ ކަމަށެވެ. މި އިވެންޓުގައި އާ އެޕަލް ވޮޗް (ސީރީޒް 7) ފެނިގެން ދާނެ ކަމަށްވެސް ލީކްތަކުން އިޝާރާތް ކުރެ އެވެ. ނަމަވެސް މި ލީކުތަކާއި މައުލޫމާތުތައް ޔަގީންވާަނީ މިރޭ ބާއްވާ އިވެންޓުގަ އެވެ.