ދިރާގުގެ 33 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު 24 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
ދިރާގުން ބުނީ އަހަރީ އާންމު ޖަލްސާ މިފަހަރު ބާއްވާނީ "ހައިބްރިޑް" ކޮށް ކަމަށެވެ. އެއީ އެއް އެއްބަޔަކު އޮންލައިންކޮށް އަދި އަނެއް ބަޔަކު ޖަލްސާއަށް ހާޒިރުވެގެންނެވެ.
އެހެންކަމުން ކުންފުނީގެ ހިއްސާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެގެން ބައިވެރިވެވޭނެ އެވެ.
ދިރާގުން ބުނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ލިމިޓްކޮށްފައިވާ ކަމަށެވެ.
މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ މީހުންނަށް މި ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. ޖަލްސާ އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 8:15 ގަ އެވެ.