މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޕޯސްޓް އޮފީހުގެ އެމްޑީގެ މަގާމަށް އާދަމް

Mar 14, 2022
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި އާދަމް މުހައްމަދު -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާދަމް މުހައްމަދު އައްޔަންކޮށްފި އެވެެ.

އއ. ބޮޑުފޮޅުދޫ، ރޯޝަނީވިލާ، އާދަމް މިހާތަނަށް ހުންނެވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

ޕޯސްޓް އޮފީހުގެ މެނޭޖިން ޑިރެކްޓަރަކަށް އާދަމް އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ހއ. ދިއްދޫ، އިކްލީލުގެ، އަހްމަދު ޝަފީގު މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.

ވެމްކޯ އާއި ޕޯސްޓް އޮފީހުގެ އިސްވެރިންނަށް ބަދަލު ގެނައި ވަކި ސަބަބެއް ސަރުކާރުންނާއި ޕްރައިވެޓައިޒޭޝަން ބޯޑުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމާ ގުޅިގެން ޕްރައިވެޓައިޒޭޝަން ބޯޑުން މިމަހުގެ އެއްވަނަ ދުވަހު ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ އެ މަގާމުން ވަކިކޮށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.

ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތަކެއް ގެނެސް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރާނެ ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345