ދިރާގު

ފުޑް އެންޑް ބެވަރޭޖް ޝޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Mar 15, 2022

ހައި ރައިޒުން އިންތިޒާމު ކުރާ ފުޑް އެންޑް ބެވަރޭޖް ޝޯގެ ޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ހައި ރައިޒް ޝޯގެ ފަސްވަނަ އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީތެރިކަމަކަށް އެއްބާރުލުން ދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އިތުރަށް ބުނީ ފުޑް އެންޑް ބެވަރޭޖް ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އާމްދަނީއެއް ހޯދުމުގެ ގޮތުން ގޭގައި ތިބެގެން ކާބޯތަކެތި އުފައްދާ މީހުންނަށް ވެސް މުސްތަގުބަލްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ހައި ރައިޒް އިން ބުނީ މިއަހަރުގެ ޖޫން 2 އިން 4 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދާ ޝޯގައި ފުޑް އެންޑް ބެވަރޭޖް ދާއިރާގައި ހަރަކާތްތެރިވާ ދިވެހި އަދި ބައިނަލްއަގްވާމީ ކުންފުނިތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.

ޝޯ ކުރިއަށްދާ ވަގުތު ބައެއް އުފެއްދުންތަކުގެ ރަހަ ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.