ދުނިޔެ

އިންޑިއާއަށް ރަޝިއާއާއެކު ތެޔޮޑީލެއް ހެދިދާނެ: އެމެރިކާ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- މަޝްވަރާ ބައްްދަލުވުމެއްގައި
0%
0%
0%

ރަޝިއާއިން ތެޔޮ ގަތުމާ ބެހޭ މަޝްވަރާ ޑީލެއްގައި އިންޑިއާއިން ވަޒީރުންނަށް މައުލޫމާތު ދެމުން އެބަ ގެންދެ އެވެ.

އިންޑިއާއަށް ރަޝިއާއާއެކު އެއްބަސްވެވޭ ގޮތަކުން ރަނުގެ ފުރުސަތުތަކެއް އިންޑިއާއަށް ހުޅުވިގެން ދިއުމަކީ ވެސް ވަރަށް ގާތް ކަމެކެވެ.

ރަޝިއާގެ ތެޔޮ އިންޑިއާއިން ގަންނަން އުޅޭ ކަމަށް ވާހަކަތައް ދެކެވެން ފެށުމާއެކު އެމެރިކާ ހީވަނީ ފަޔަށް ހިނި އަރާތީ އުޅޭހެންނެވެ.

އެމެރިކާ ބުނާ ގޮތުން ރަޝިއާގެ ތެޔޮ އިންޑިއާއިން ގަތުމަކީ ރަޝިއާއަށް އަޅާފައި އޮތް ދަރިކުރުންތަކާ ފުށުއަރާ ކަމެއް ނޫނެވެ.

އެހެން ނަމަވެސް، އެމެރިކާއިން އިންޑިއާއަށް ކަމޭހިތާ ވަރަށް ބަލާއިރު ރަޝިއާގެ ތެޔޮ އިންޑިއާއިން ގަތުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ވެސް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ، ޖެން ސާކީ ވިދާޅުވި އެވެ.

ޔުކްރޭނަށް ރަޝިއާގެ އަސްކަރިއްޔާއިން ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް އަދަބު ދިނުމުގެ ގޮތުން އެމެރިކާ އާއި ބައިވެރިން، ރަޝިއާއަށް ދަތިކުރަން ފިޔަވަޅު އަޅައިފި އެވެ.

ދުނިޔޭގައި އެއްވެސް ގައުމަކުން އެހެން ގައުމަކަށް ދަތިކުރަން ނުކުރާ ވަރަށް ބާރުގަދަ ގައުމުތައް ސައްލާކޮށް ގެންދަނީ ރަޝިއާއަށް ދަތިކުރަމުންނެވެ.

ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކާ ގުޅިގެން އެގައުމުތަކުގެ އިގުތިސޯދަށް ވެސް ވަނީ ފުސްބުރާފަ އެވެ.

ދުނިޔޭގެ މާކެޓްގައި ތެލުގެ އަގު އުފުލުމާއެކު އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނަށް ވެސް އޮތީ އަންދާޒާކުރަން ދަތި ދުވަސްތަކެކެވެ.

ރަޝިއާ-ޔުކްރޭން މައްސަލާގައި އިންޑިއާ އޮތީ ވަކި ކޮޅަކަށް ނުޖެހި އެވެ. އެކަމަކު ވެސް ރަޝިއާ ކޮޅަށް ބުރަވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910