ރައީސް އޮފީސް

ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް އިބޫ

Mar 16, 2022
2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، އދ. މާމިގިލި، ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރު މިއަދު އައްޔަންކުރައްވައިފި އެވެ.

އިބްރާހީމް ރަޝީދު އަބޫބަކުރު ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒްގެ ނައިބުގެ މަގާމާއި މެދު އުތުރު ސަރަޙައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމާ ޕްރައިވެޓް ސެކްޓަރުގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެ އެވެ.

އިބްރާހީމް ރަޝީދު ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވަސިޓީން އެމްބީއޭ ހާސިލުކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ އިބްރާހީމް ރަޝީދާއި ޑރ. އަހްމަދު ސޯލިހް އެވެ.