ކުރެންދޫ

ކުރެންދޫން 250 މީހަކު ޕީޕީއެމްއާ ގުޅިއްޖެ

Mar 19, 2022

ޅ. ކުރެންދޫ އިން ޕީޕީއެމްއަށް 250 މީހުން ސޮއިކޮށްފި އެވެ.

ޕީޕީއެމްއާ ގުޅުނު ކުރެންދޫ މީހުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތީ އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކުރެންދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގަ އެވެ.

ރައީސް ޔާމީން މިއަދު ކުރެންދޫ އަށް ވަޑައިގެންނެވީ އެރަށު ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ކެމްޕޭނަށެވެ.

އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަނީ ކުރެންދޫ ކައުންސިލްގެ ރައީސް ކަން ކުރިން ކުރެއްވި އިސްމާއިލް މަދީހު އެވެ. އެމްޑީޕީގެ ޓިކެޓްގެ ވާދަކުރައްވަނީ އަލީ ނަސީމު އެވެ.

ކުރެންދޫ ކައުންސިލގެ ރަައީސްގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ކުރެންދޫ އަށް ފަހު ރައީސް ޔާމީން މިއަދު ހަވީރު ޅ. ނައިފަރަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި އެ ރަށުގައި ބާއްވާ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.