ހައުސިން ޔުނިޓް

މާލޭގައި އަޅާ ހައުސިން ޔުނިޓްތަކުގެ ތަފްސީލު ދީފި

މާލޭ ސަރަހައްދުގައި އަޅާ ހައުސިން ޔުނިޓްތަކާއި ގޯތި ދިނުމުގެ ތަފްސީލުތައް ހައުސިން މިނިސްޓްރީން ދީފި އެވެ.

މީގެ ތަފްސީލުތައް ލިޔުމުން ހޯއްދެވުމަށް އެދިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.

އިވާ ވިދާޅުވީ މި އަހަރު މަޖިލިސް ފައްޓަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާ ވަހިކަމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ހައުސިން ޔުނިޓްތައް އަޅައި އަދި ގޯތި ދޭނެކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެން ކަމުގެ އެކަމުގެ އަޕްޑޭޓްތަކާއި ތަފްސީލު ދިނުމަށް އެދިވަޑައިގެންފައި ވެއެވެ.

އީވާގެ ސުވާލަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބު މަޖިލީހުގައި މިއަދު އިއްވި އެވެ.

އެޕޯލޯ ހޯލްޑިންސްއިން އަޅާ ހައުސިން ޔުނިޓްތައް

  • 1042 ހައުސިން ޔުނިޓް
  • މީގެ ތެރޭގައި 120 ކައުންސިލް ހައުސިން ޔުނިޓް، 240 އެފޯޑަބަލް ހައުސިން ޔުނިޓް އަދި މިޑް ރޭންޖްގެ 682 ޔުނިޓް
  • ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން

ޖޭއެމްސީ ޕްރޮޖެކްޓް އިންޑިއާ ލިމިޓެޑްއިން އަޅާ ހައުސިން ޔުނިޓްތައް

  • 2000 ހައުސިން ޔުނިޓް
  • މީގެ ތެރޭގައި 600 ކައުންސިލް ހައުސިން ޔުނިޓް، 1400 އެފޯޑަބަލް ހައުސިން ޔުނިޓް
  • މި ހައުސިން ޔުނިޓްގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ވަނީ ފަށާފައި
  • ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ޑިވޮލޮޕާ ފައިނޭންސް އުސޫލުން

އެންބީސީސީ އިންޑިއާ ލިމިޓެޑްއިން އަޅާ ހައުސިން ޔުނިޓްތައް

  • 2000 ހައުސިން ޔުނިޓް އަޅާނެ
  • މީގެ ތެރޭގައި 600 ކައުންސިލް ހައުސިން ޔުނިޓް، 1400 އެފޯޑަބަލް ހައުސިން ޔުނިޓް
  • މަސައްކަތް ނިމޭނީ 2024 ގައި
  • ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ޑިވޮލޮޕާ ފައިނޭންސް އުސޫލުން

ހުޅުމާލެއިން ދޫކުރާ 1000 ގޯތި

  • ގޯތި ދިނުމަށްޓަކައި ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައި ޗާޓު ވަނީ ކުރަހާފައި
  • ގޯތި ދޭނެ އުސޫލު މިހާރު ދަނީ ތައްޔާރު ކުރަމުން
  • މި މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ޖޫންގައި
  • މި ޕްރޮޖެކްޓް ފަންޑުކުރަނީ ސަރުކާރުން

ގުޅި ފަޅުން ދޫކުރާ 2000 ގޯތި

  • ލޭންޑް ޔޫސް ޕްލޭން ހަދައި ބިން ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށް ދަނީ
  • ލޯން އެގްރިމަންޓް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

ގިރާވަރު ފަޅުން ދޫކުރާ 2000 ގޯތި

ބިން ހިއްކަން ޕްލޭންކުރުމާއި ފައިނޭންސް ހޯދުމުގެ މަސައްކަން ކުރިއަށް ދަނީ