ރަޝިޔާ

ރަޝިއާ ސައިބާ ހަމަލާއެއް ދީފާނެ ކަމަށް އެމެރިކާ ބިރުން

އެމެރިކާ ސަރުކާރު އޮފީސްތަކަށާއި ދައުލަތުގެ މުއައްސަސާތަކަށް އަދި ވިޔަފާރި ކުންފުނިތަކަށް ރަޝިއާ ހެކަރުން ސައިބާ ހަމަލާއެއް ދީފާނެ ކަމަށް ތައްޔާރުވާން ރައީސް ޖޯ ބައިޑަން އަމުރު ކުރައްވައިފި އެވެ.

އެމެރިކާގެ ނޭޝަނަލް ސެކިޔުރިޓީން ވެސް ވަނީ ރަޝިއާގެ ސައިބާ ހަމަލާތަކަށް ހޭވެރިވުމަށް މުޅި ގައުމަށް ގޮވާލާފަ އެވެ.

ސައިބާ އެންޑް އިމާޖިން ޓެކްނޮލޮޖީގެ ނައިބު، އޭން ނޮއިބޭޝް ވެސް ވަނީ މި މޭރުމުން ބަސްވިދާޅުވެ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ހޭވެރިވުމަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާއިން ސައިބާ ހަމަލާއެއް ދީފާނެ ކަމަށާއި ކުރިއާލައި ތައްޔާރުވެގެން ނޫން ގޮތަކަށް ކުންފުނިތައް ނުހިިންގޭނެ އެވެ.

ނޮއިބޭޝް ވިދާޅުވި ގޮތުން ސައިބާ ހަމަލާތަކަށް އެމެރިކާ ހޭވެެރިވުމަށް ބައިޑަން ވަރަށް ގިނައިން އިރުޝާދު ދެއްވަ އެވެ. އޭނާ ވިދާޅުވީ އެމެރިކާ އަކީ ޓެކްނޮލޮޖީއަށް ފަރިތަ ގައުމެއް ނަމަވެސް ހަމަލާއެއް އެރުމުގެ ކުރިން ވަސީލަތްތައް ތައްޔާރު ކުރަން ޖެހޭ ކަމަށެވެ.

އެޑްވައިޒަރު ވިދަޅުވި ގޮތުގައި ބައިޑަން ސަރުކާރުން އެމެރިކާ ކުންފުނިތަކުގެ ވެރިންނާ ވެސް ބައްދަލު ކޮށްފި އެވެ. އަދި މަޝްރަހު އޮތް ގޮތާ ބެހޭ ގޮތުން އިރުޝާދު ދެއްވައި ސަމާލުވުމަށް އެދިވަޑައިގަތެވެ.

ސަރުކާރުން އެކުލަވާލާ އޮނިގަނޑުގެ ތެރޭގައި މުއާމަލާތް ކުރުމަށް އިދާރާތަކަށް އަންގާފައި ވާނެ ކަމަށް ވެސް ނޮއިބޭޝް ވިދާޅުވި އެވެ. އަދި އަމަލީ ގޮތުން ކުންފުނިތަކަށް ގެނެވެން ހުރި ބަދަލުތައް ގެނައުމަށް ވެސް އެދިވަޑައިގަތެވެ.