ލައިފްސްޓައިލް

އިސްތައްޓަށް ކަފަލޮލީ ވިއްކާ މީހެއް!

ޕްރަދީޕް ކަފަ ލޮލީ ހަދަނީ އަދި އޭނާ ކައިރިއަށް ލޮލީ ގަންނަން ގޮސް ތިބި ކުދިންތަކެއް
0%
0%
0%

ކާއެއްޗެތީގެ ވީޑިއޯތަކުން ސޯޝަލް މީޑިއާ ފުރިފައިވާއިރު އޭގެ ތެރެއިން ވެސް އިއްޔެ އެންމެ ހިނގި އެއް ވީޑީއޯ އަކީ މީހަކު މާ މޮޅަށް ކާ އެއްޗެއްގެ ވިޔަފާރިކުރާ ތަން ފެންނަ ވީޑިއޯ އެކެވެ. އިންޑިއާގެ މަގެއް މަތީގައި ކުޑަ ގާޑިޔާގަނޑެއްގައި ކަފަލޮލީ ވިއްކަން ހުރި މި މީހާ ކަފަ ލޮލީ ވިއްކަނީ ފައިސާ އަކަށް ނޫނެވެ. އިންސާނުންގެ އިސްތައްޓަށެވެ. މި ވީޑިއޯ އެހާ މަގްބޫލުވީ މި ވިޔަފާރީގެ ޔުނީކް ކަމުންނެވެ.

ޔޫޓިއުބު ފުޑް ބްލޮގާ ފޫޑީ ވިޝާލް ޝެއާކުރި މި ވީޑީއޯގައި ފެންނަނީ ޕްރަތާޕް ސިންގް ކިޔާ މީހަކު ކަފަ ލޮލީ ވިއްކާ ތަނެވެ. ކަފަ ލޮލީ އިންޑިއާގައި މަޝްހޫރުވެފައި ވަނީ "ބުޅިޔާ ކޭ ބާލް" (މުސްކުޅި އަންހެނެއްގެ އިސްތަށި) ގެ ގޮތުގަ އެވެ. އެހެންވެ މި މީހާ ކަފަލޮލީ ވިއްކާ އިޝްތިހާރުގައި ވެސް ބުނަނީ "އިސްތަށީގެ ބަދަލުގައި އިސްތަށި ގެންދާށޭ" އެވެ.

ކުދިންތައް މި މީހާ އަތުން ކަފަލޮލީ ހޯދަން ކިއު ހަދާފައި ތިބި ތަން ވެސް މި ވިޑީއޯގައި ފެނެ އެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ވެސް ފައިސާގެ ބަދަލުގައި އޮންނަނީ އިސްތަށިގުޅައެކެވެ. އެމީހާ އެކުދިންގެ އަތުން އިސްތަށިތައް އަތުލުމަށް ފަހު އެ ކިރާލައި އޭގެ ބަރުދަނަށް ވާ ވަރަށް ކަފަލޮލީ ދެއެވެ.

އެތަނުގައި ކަފަލޮލީ ގަންނަން އައިސް ހުރި ކުއްޖަކު ބުނި ގޮތުގައި އޭނާ ހިފައިގެން ގޮސް ހުރީ އޭނާގެ މަންމަގެ ބޮލުން ފައިބައިގައި ހުރި އިސްތައްޓެވެ.

މި ހުރިހާ އިސްތަށި އެއްކޮށްގެން މިމީހާ އަށް ލިބޭ ފައިދާ އަކީ ކޮބައިތޯ ބަޔެއްގެ މީހުންގެ ހިތަށް އަރާނެ އެވެ. މިމީހާ ހުރިހާ އިސްތަށިތައް އެއްކޮށްފައި 3000 ރުޕީސް އަށް ކިލޯ އެއް މަގުން ވިގް ހަދާ މީހުންނަށް އިސްތަށިތައް ވިއްކާލަނީ އެވެ.

ބާޓާ ސިސްޓަމަކަށް މި މީހާ މި މަސައްކަތް ކުރާތާ މިހާރު ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ.

މި ވީޑިއޯ ބަލާފައި ގިނަ ބަޔަކަށް އެމީހާ ކުރާ މި މަސައްކަތް ވަރަށް ކަމުދިޔަ އެވެ. ވީޑީއޯ އަށް ކޮމެންޓުކުރި މީހަކު ބުނި ގޮތުގައި ބާޓާ ސިސްޓަމަކީ 18 ވަނަ ގަރުނުގައި މީހުން ވިޔަފާރިކުރަން ގެންގުޅުނު ގޮތެއް ނަމަވެސް މިހާރުވެސް މިކަން ކުރާ ބަޔަކު މަދުން ނަމަވެސް އުޅޭކަން އެނގިއްޖެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910