ދުނިޔެ

ރަޝިއާ-ޔުކްރޭން މަޝްވަރާތަކަށް އެމެރިކާ ހުރަސްއަޅާ: ރަޝިއާ

ރަޝިއާ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، ރަޝިއާ-ޔުކްރޭން މަޝްރާތައް ރޭވުމާ އެއްގޮތަށް ކުރިއަށް ނުދަނީ އެމެރިކާ ވަސްވާސް ދޭތީ އެވެ.

ޔުކްރޭނަށް ލިބޭ ގެއްލުމަކަށް ރަޝިއާ ޒިންމާ ނުވާނެ ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ މައްސަލަ އުފެދުނީ ވެސް އެމެރިކާއާ ހެދި ކަމަށެވެ. އަދި ސުލްހަ ނުވެވިގެން އުޅެނީ ވެސް އެމެރިކާއާ ހެދި ކަމަށެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ޔުކްރޭން އެކި ފަހަރު ދައްކަނީ އެކި ވާހަކަ އެވެ. ދޭތެރެ ދޭތެރެއިން މަގު އޮޅުވާލައި ރާގު އޮޅުވާލަ އެވެ. އެއްދުވަހު ދެއްކި ވާހަކަ އަނެއް ދުވަހު ހަނދާނެއް ނުހުރެ އެވެ.

ޔުކްރޭނާށް ވަސްވާސްދޭ ބައެއްގެ ސަބަބުން ޔުކްރޭން ހަލާކުވަމުން ދާއިރު ވެސް އެމެރިކާ އާއި ހުޅަނގުން މަގުފަހި ކޮށް ދެނީ ޔުކްރޭން ހަލާކު ވުމަށް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި މަޝްރާތަކުން ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް، ޔުކްރޭނާ މަޝްވަރާ ކުރުމަކީ ބުރަ ބޮޑު ކަމެކެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ޔުކްރޭނަށް ހަނދާން ނެތޭ ބަލިޖެހިފައި ވާތީ ކަމަށެވެ.

އެމެރިކާ ދެކޭ ގޮތުގައި ޔުކްރޭނަށް ހަތިޔާރު ދިނުމުން ކާމިޔާބުވީ އެވެ. ލަވްރޯފް ވިދާޅުވީ އެކަމަކު އަނެއް ދުވަހަށް އިރުއަރާއިރު މުޅި ޔުކްރޭން އޮންނަނީ އަނދާފައި ކަމަށެވެ.

ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން އެމެރިކާ ގޮވާއިރު، އެގޮވާ ގޮވުމެއްގެ ހަގީގަތަކީ ހަނގުރާމަ ހުއްޓާނެ ކަމެއް ނެތޭ ގޮތުން ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވީ މަޝްވަރާ ކުރަން ޔުކްރޭން ޝައުގުވެރިވާ ނަމަ މަޝްވަރާ ކުރާނެ ކަމަށާއި މަދު ވަގުތުކޮޅެއް ފިޔަފައި ޔުކްރޭނާ ހިއްސާކުރަން ރަޝިއާއަށް ވަގުތު ނެތް ކަމަށެވެ.