މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ތަންފީޒީ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރަން މަޝްވަރާ ކޮށްފި

Mar 23, 2022

ރާއްޖެއާއި ޗައިނާގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މިމަޝްވަރާތައް ކުރިއަށް ގެންދެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ލިޒިން މިއަދު އޮންލައިންކޮށް ކުރިއަށް ގެންދެވި ބައްދަލުވުމުގަ އެވެ.

މިބައްދަލުވުމަށްފަހު ޗައިނާ ސަފީރު ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މައިގަނޑު މަޝްވަރާތައް ކުރިއަށް ގެންދެވީ ދެ ގައުމުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ތަރައްގީގައި ޗައިނާ އަކީ ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ވަރަށް މުހިއްމު ގައުމެކެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 50 އަހަރު ފުރުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.