ސްރީލަންކަން އެއާލައިންސް

ސްރީލަންކަން އެއާލައިންސްގެ އައްޑޫ ދަތުރުތައް އިތުރުކުރަނީ

Mar 25, 2022

ސްރީލަންކަން އެއާލައިންސް އިން ކޮލަމްބޯއާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ކުރާ ސީދާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

ތިން އަހަރުގެ މެދުކަނޑުމަކަށް ފަހު ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް އައްޑޫ ސިޓީ އަށް އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އެވެ.

ކޮލަމްބޯ އާއި ގަމާ ދެމެދު ކުރާ ދަތުރުތައް މިހާރު ކުރަމުންދަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު އެވެ.

ސްރީލަންކަން އެއާލައިންސް އިން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮލަމްބޯ އާއި ގަމާ ދެމެދު ކުރާ ދަތުރުތައް މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ހަފްތާ އަކު ދެ ދުވަހު ކުރަން ނިންމާފައިވާ ކަމަށެވެ.

ދަތުރުތައް އިތުރުކުރުމާ އެކު ދަތުރުކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށްވެސް އުއްމީދުކުރާ ކަމަށްވެސް އެއާލައިނުން ބުނެފައިވެ އެވެ.

ސްރީލަންކަން އެއާލައިންސް އިން ކޮލަމްބޯއާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ކުރާ ދަތުރުތަކުގެ އެޖެންޓަކީ އޭސް އޭވިއޭޝަން އެވެ.