މޯލްޑިވިއަން

ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު އަލުން ދަތުރުތައް ފަށަނީ

Mar 27, 2022
1

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު އަލުން ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ނިންމައިފި އެވެ.

ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގެ އަށްވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވިއަންގެ ޓްރިވެންޑްރަމް ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 310 އެމެރިކާ ޑޮލަރު -- 4،780 ރުފިޔާ އެވެ.

މޯލްޑިވިއަންގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހަނިމާދޫ އާއި ޓްރިވެންޑްރަމް ދަތުރުތަކަށް ބުކް ކުރެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ކުރިން ކުރަމުން ދިޔަ ދަތުރުތައް އަލުން ފެށުމަކީ އުތުރުގެ ރައްޔިތުން ވަރަށް ބޮޑަށް ސަރުކާރުގައި އެދެމުން ދިޔަ ކަމެކެވެ.

މޯލްޑިވިއަންގެ ދަތުރުތައް މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ދަތުރުތައް ފަށާފަ އެވެ.