މޯލްޑިވިއަން

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސްފި

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް -- އޭ330 މަތިންދާބޯޓު މިއަދު ރާއްޖެ ގެެނެސްފި އެވެ.

މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖެއްސުމުގެ ކުރިން މޯލްޑިވިއަންގެ ފްލީޓްގައި ހިމެނޭ ބޯޓުތައް ވަނީ އެއާ ޝޯއެއް ދައްކާލާފަ އެވެ.

ވައިޑް-ބޮޑު އެއާކްރާފްޓް ވީއައިއޭގެ ރަންވޭގައި ޖެއްސިއިރު އެ މަންޒަރު ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވީއައިއޭގައި ހުންނެވި އެވެ.

ވައިޑް-ބޮޑީ އެއާކްރާފްޓްތައް ރާއްޖެ ގެނެސް މޯލްޑިވިއަންގެ ދަތުރުތައް ދުރު މަންޒިލްތަކަށް ދަތުރުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވައިޑް ބޮޑީ މަތިންދާ ބޯޓެއް ހޯދީ ދުރު މަންޒިލްތަކަށް ދަތުރުކޮށް އިތުރު ޓޫރިސްޓުން ރާއްޖެ ގެނައުމަށް އަމާޒުކޮށްގެން ކަމަށް މޯލްޑިވިއަން އިން ވެސް ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910